އިންޑިއާއިން އެހީތެރިވާ ޕްރޮޖެކްޓުތަކުގެ އަދާހަމަ ބަލަން ހައި ކޮމިޝަނަރު ފިނޭންސް މިނިސްޓަރުގެ އަރިހަށް

އަދަދު

18 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 8:51

އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޖީ ބަލަސުބްރަމާނިއަމް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުއާ އިއްޔެ ބައްދަލު ކުރައްވައި، އިންޑިއާއިން އެހީތެރިވެދޭ ޕްރޮޖެކްޓުތަކުގެ އަދާހަމަ ބައްލަވައިފި އެވެ.

އިއްޔެ ބޭއްވި އެ ބައްދަލުވުމުގައި ސަފީރުގެ އިތުރުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އިސް ވަފުދެއް ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި އެ މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ސުޖާ މެނަން ހިމެނެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޒަމީރު ވިދާޅުވީ އިއްޔެ ބައްދަލުވުން ކުރިއަށްދިޔައީ ރަނގަޅަށް ކަމަށެވެ. އިންޑިއާއިން ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓުގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓުތަކުގެ އަދާހަމަ ބައްލަވައި، އެ ޕްރޮޖެކްޓުތައް ކުރިއަށްގެންދިޔުމަށް ހުރި ގޮންޖެހުންތަކަށް އިއްޔެ އަލިއަޅުވައިލެވުނު ކަމަށް ޒަމީރު ވިދާޅުވެ އެވެ.

މައުޟޫޢުތަށް