ރައީސުލްޖުމްހޫރިއްޔާގެ ދައުރު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގޭގޮތަށް އޮތް ބިލު ތަސްދީގުކޮށްފި
އަދަދު
18 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 11:28
ރައީސުލްޖުމްހޫރިއްޔާގެ ދައުރަކީ ފަސް އަހަރު ކަމަށް ގާނޫނުއަސާސީގައި ބުނާ މާއްދާ ބަދަލު ކުރަން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގޭ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރި ބިލު ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ މުއިއްޒު އެ ބިލު ތަސްދީގުކުރެއްވީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. މިއާއެކު އެމަނިކުފާނަށް އަދި ރައްޔިތުންގެ މަޖިލީހަށް އާންމުންގެ ހިޔާލު ހޯދަން ވޯޓުތަކަށް އެހޭނެ އެވެ. އެކަމަށް ދާ ހަރަދު ހަމަޖައްސަން ޖެހެނީ ދައުލަތުގެ ބަޖެޓުންނެވެ.
ހޯމަ ދުވަހު ދައުރުން ބޭރުން ޖަލްސާގައި ނެގި ވޯޓު ވޯޓުގައި ބައިވެރިވި 76 މެންބަރުންގެ ތެރެއިން 64 މެންބަރުންގެ ވޯޓު ދިނީ ބިލު ފާސްކުރުމަށެވެ. ބިލާ ދެކޮޅަށް 12 މެންބަރަކު ވޯޓު ދެއްވި އެވެ.