އެމްޑީޕީގެ ވެރިކަމެއްގައި ރައްޔިތުންގެ މަޝްވަރާއާއެކު ސިނގިރޭޓު ޑިއުޓީ ކުޑަކޮށް ވޭޕް ބޭން އުވާލާނަން: ފައްޔާޒު
އަދަދު
18 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 1:17
ދެން އުފެދޭ އެމްޑީޕީގެ ވެރިކަމެއްގައި ރައްޔިތުންގެ މަޝްވަރާއާއެކު މި ސަރުކާރުން ބޮޑުކުރި ސިނގިރޭޓު ޑިއުޓީ ކުޑަކޮށް، މަނާކޮށްފައިވާ ވޭޕް ހުއްދަކުރާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، އެމްޑީޕީ އިން އަނެއްކާވެސް ވެރިކަމަށް އައިސް ރައީސް މުހައްމަދު މުއިއްޒު ގާނޫނުތަކަށް ގެނެސްފައިވާ ނުރަނގަޅު ބަދަލުތައް އުވާލާނެ ކަމަށެވެ.
އެގޮތުން، އެންމެ ފުރަތަމަ އުވާލާނީ މިހާރު ފާސްކޮށްފައި އޮތް މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ކަމަށާއި ސިނގިރޭޓު ޑިއުޓީ އަދި ވޭޕް ބޭނުންކުރުމާ ގުޅޭގޮތުން ގެނައި ބަދަލުތައް އުވާލާނެ ކަމަށް ވެސް ރޭ ވިދާޅުވި އެވެ.