އެމްއައިބީ ގެސްޓްހައުސް ސިމްޕޯސިއަމްގެ އިވެންޓް ޕާޓްނަރަކަށް ތިންކް އެސޯސިއޭޓްސް

އަދަދު

18 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 2:02

އެމްއައިބީ ގެސްޓްހައުސް ސިމްޕޯސިއަމްގެ އިވެންޓް ޕާޓްނަރަކަށް ތިންކް އެސޯސިއޭޓްސް ހަމަޖައްސައިފި އެވެ.

ތިންކް އެސޯސިއޭޓްސް އަކީ އިވެންޓް އޮގަނައިޒިންގައި ތަޖުރިބާކާރު ކުންފުންޔެކެވެ. އެމްއައިބީއިން ބުނީ ތިންކު ފަދަ ކުންފުންޔަކާއި ޕާޓްނާރ ވުމަކީ މި ސިމްޕޯސިއަމް ކާމިޔާބު ސިންޕޯސިއަމްއަކަށް ހެދުމަށް ލިބުނު އިތުރު ބާރެއް ކަމަށެވެ.

އެމްއައިބީ ގެސްޓްހައުސް ސިމްޕޯސިއަމްއަކީ ގެސްޓްހައުސްތަކާއި ގުޅުންހުރި ވިޔަފާރިތައް އެއް ފުރާޅެއްގެ ދަށުން ދިމާވެ، ސިނާއަތަށް ދިމާވެފައިވާ އެކި މައްސަލަތަކާއިމެދު މަޝްވަރާކުރުމާއި ގުޅުން ބަދަހި ކޮށްލުމުގެ ފުރުސަތު ދިނުމަށް ކުރިޔަށް ގެންދާ ސިމްޕޯސިއަމްއެކެވެ.

މައުޟޫޢުތަށް