މިނިވަން ނޫސްވެރިކަމާއި ހިޔާލުގައި ތަޅު އަޅުވާ ބިލު ގާނޫނުއަސާސީއާ ހިލާފު، އަމަލެއް ނުކުރާނަން: އެމްޖޭއޭ
އަދަދު
18 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 3:21
މިނިވަން ނޫސްވެރިކަމާއި ހިޔާލުގައި ތަޅު އެޅުވޭ ގޮތަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓް ރެގިއުލޭޝަން" ގާނޫނަކީ ޣައިރު ދުސްތޫރީ ގާނޫނެއް ކަމަށާއި އެ ގާނުނަށް ތަބާނުވާނެ ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ބުނެފި އެވެ.
މުއިއްޒު އެ ގާނޫނު ތަސްދީގު ކުރުމާއެކު ނެރުނު ނޫސްބަޔާނެއްގައި އެމްޖޭއޭއިން ބުނީ ބިލު ތަސްދީގު ކުރުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ. މިއީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ދެވުނު ބޮޑު ހަމަލާއެއްގެ ގޮތުގައި އެމްޖޭއޭއިން ސިފަކުރި އެވެ.
ވެރިކަން ހިންގާ ބާރައި ރައްޔިތުންގެ މަޖިލީހުން ރާއްޖޭގައި އޮތް މިނިވަން މީޑިއާ އެކުއެކީ ކޮންޓްރޯލް ކުރުމަށް ހިންގި މި އަމަލު އެމްޖޭއޭއިން ވަނީ ކުށްވެރިކޮށްފަ އެވެ.