ނޫސްތައް ރެގިއުލޭޓުކުރަން ނޫސްވެރިންގެ އަމިއްލަ ނިޒާމެއް އުފައްދަނީ

އަދަދު

19 ސެޕްޓެމްބަރު 2025 | ހުކުރު | 8:25

ނޫސްވެރިކަމާއި ހިޔާލުގައި ތަޅު އެޅުވުމަށް ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި ބިލާއެކު މިހާރު އޮތް ސެލްފް ރެގިއުލޭޓަރީ ނިޒާމު ފުނޑިގެން ދިޔުމުން ދިވެހި ނޫސްވެރިން އަމިއްލަ ނިޒާމެއް ގާއިމު ކުރަން މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ) އިން ނިންމައިފި އެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހެޅުއްވި ބިލަކީ ސަރުކާރުގެ ބިލެއް ކަމަށް، އެ ބިލް ފާސްކުރި ދުވަހު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމު ވިދާޅުވި އެވެ. އަދި އެ ބިލް ހުށަހެޅި ކަމަށްޓަކައި ޕީއެންސީގެ ބައެއް މެންބަރުން ރައީސް މުހައްމަދު މުއިއްޒު އަށް ވެސް ޝުކުރު އަދާކުރެއްވި އެވެ.

އެ ބިލް އިއްޔެ ތަސްދީގުކުރެއްވުމާއެކު އެމްޖޭއޭއިން ރޭ ބޭއްވި ބައްދަލުވުމުގައި "ފްރީ ޕްރެސް ކައުންސިލެއް" އުފައްދަން ފާސްކޮށް، އެކަމުގެ އިދާރީ މަސައްކަތްތައް ކުރަން ފަސް މެންބަރުންގެ ކޮމިޓީއެއް ވަނީ އުފައްދައިފަ އެވެ.

މައުޟޫޢުތަށް