ސުޕްރީމް ކޯޓަށް 17 އަހަރު ފުރިގެން ގަސް އިންދައިފި
އަދަދު
19 ސެޕްޓެމްބަރު 2025 | ހުކުރު | 2:45
އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ ބާރު ކަމަށްވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 17 އަހަރު ފުރުމުގެ މުނާސަބަތުގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހެނދުނު ބޭއްވި މި ހަރަކާތުގައި އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި މިފަހުން ކޯޓަށް އައްޔަންކުރި ފަނޑިޔާރު އަބްދުالله ހަމީދު ބައިވެރިވެވަޑައިގަތެވެ.
ފެހި ގާނޫނުއަސާސީ ތަސްދީގު ކުރުމާއެކު ސުޕްރީމް ކޯޓު ވުޖޫދަށް އައީ މީގެ 17 އަހަރު ކުރިން މި ދުވަހު އެވެ. ފާއިތުވި އަހަރުތަކުގައި ސުޕްރީމް ކޯޓުގެ ބެންޗަށް ބޮޑެތި ބަދަލުތަކެއް އައިއިރު ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ސުޕްރީމް ކޯޓުގެ ބެންޗަށް އެންމެ ބޮޑެތި ބަދަލުތައް ގެނައި ސަރުކާރެވެ.