ދޮންފަނުގައި ދިމާވިފަދަ މައްސަލައެއް ޖެހިދާނެތީ ބިން ހިއްކަން ފުލިދޫ ރައްޔިތުންގެ ލިޔުމެއް ބޭނުންވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

އަދަދު

19 ސެޕްޓެމްބަރު 2025 | ހުކުރު | 8:44

ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކުރުމަށްފަހު ތިމާވެށްޓަށް ލިބޭ ގެއްލުމާ ގުޅިގެން ކުރިމަތިވި ފިއްތުންތަކާއެކު އެ މަސައްކަތް ކުރިއަށް ނުގެންދާން ނިންމި ބ. ދޮންފަނުގައި ހިނގި ފަދަ ކަމެއް ހިނގަން ބޭނުންނުވާ ކަމަށް ވިދާޅުވެ، ވ. ފުލިދޫ ރައްޔިތުން އެ ރަށުގެ ބިން ހިއްކަން އެދޭނަމަ އެކަމަށް އެދި ލިޔުމެއް ފޮނުވުމަށް ރައީސް މުހައްމަދު މުއިއްޒު އަންގައިފި އެވެ.

ދޮންފަނުގެ ބިން ހިއްކަން ރައްޔިތުން ބޭނުންވިޔަސް، ތިމާވެށި ހިމާޔަތްކުރަން މަސައްކަތް ކުރާ ޖަމިއްޔާތަކުންނާއި ޓޫރިޒަމް ސިނާއަތުގެ މަސްލަހަތުވެރިންނާއި އާންމުން ވެސް ވަނީ މިކަން ނުކުރަން ސަރުކާރަށް ގޮވާލާފަ އެވެ. ސަބަކަށްވީ އެ ރަށާއި ކައިރީގައި އޮންނަ ހަނިފަރު ސަރަހައްދަށް ލިބޭނެ ގެއްލުމެވެ.

މިކަމާ ގުޅުވައި، ފެލިދޫ ރައްޔިތުން ބިން ހިއްކަން ބޭނުންނަމަ އެކަން ލިޔުމުން އަންގަން ޖެހޭ ސަބަބެއްގެ ގޮތުގައި މުއިއްޒު ދެއްކީ އެ މަޝްރޫއު ހަވާލުކުރުމުން އެކަމާއި ދެކޮޅަށް ބަޔަކު ނުކުމެއްޖެ ހާލަތުގައި، އެ ލިޔުން "ދެއްކޭނެ" ތީ ކަމަށެވެ.

މައުޟޫޢުތަށް