ބޭސްފަރުވާއަށް ސަލާން ޖެހުން އިތުރުވެ، ރައްޔިތުން ގޮތް ހުސްވާ ދަރަޖައަށް ހިނގެއްޖެ: އައްބާސް

އަދަދު

20 ސެޕްޓެމްބަރު 2025 | ހޮނިހިރު | 9:13

ސިއްހީ ދާއިރާއިން ލިބެމުންދިޔަ އެތައް ހިދުމަތެއް ހުއްޓި، ބޭސްފަރުވާ އަށް ސަލާން ޖެހުން އިތުރުވެ, "ރައްޔިތުން ގޮތް ހުސްވާ ދަރަޖައަށް ގޮސްފި" ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިން އާސަންދައިން ލިބުނު އެތައް ބޭހެެއް މިހާރު ނުލިބުމުގެ ޝަކުވާ ބޮޑުވެފައިވާ ކަމަށެވެ. ރަށްރަށުގައި ހުރި އެސްޓީއޯގެ ފާމަސީތަކުން އާންމު ބޭސްތައް ކުރިން ލިބުނު ނަމަވެސް މިހާރު ލިބުން ދަތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ކުރެވޭ ބޭސްފަރުވާ އަށް އާސަންދަ ނުލިބޭއިރު، އެފަދަ ސާޖަރީއެއް ރާއްޖޭގައި ސިއްހީ ހިދުމަތްދޭ އަމިއްލަ ތަނަކުން ހަދައިފި ނަމަ، ހަރަދުގެ ބޮޑު ބައެއް އަމިއްލަ އަތުން ދައްކަންޖެހޭ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

މައުޟޫޢުތަށް