އައު ކޮމިޝަނަށް ނޫސްވެރިން އިންތިހާބުކުރާ މެންބަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ލިބޭ
އަދަދު
20 ސެޕްޓެމްބަރު 2025 | ހޮނިހިރު | 11:15
މިނިވަން ނޫސްވެރިކަމާއި ހިޔާލުގައި ތަޅު އެޅުވޭ ގޮތަށް ބުރާސްފަތި ދުވަހު ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި ގާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން އަށް ނޫސްވެރިން އިންތިހާބުކުރާ މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ވަނީ ދީފަ އެވެ.
މީޑިއާތައް ޖޫރިމަނާކޮށް، ލައިސަން އުވާލުމުގެ ބާރާއެކު އަލަށް އެކުލަވާލާ ކޮމިޝަނުގައި ތިބެނީ މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެންބަރަކާއި މަޖިލީހުން އައްޔަންކުރާ ތިން މެންބަރެކެވެ. ކޮމިޝަނުގެ ރައީސް ވެސް އައްޔަންކުރަނީ މަޖިލީހުންނެވެ.
ކޮމިޝަނުގެ މެންބަރުގެ މަގާމު ހުސްވާ ހާލަތްތައް ބަޔާންކޮށްފައިވަނީ ގާނޫނުގެ 28 ވަނަ މާއްދާގަ އެވެ. އެ މާއްދާގެ ހ. ގައި މެންބަރުކަން ގެއްލޭނެ ހަ ކަމެއް ފާހަގަކޮށްފައިވެ އެވެ. އޭގެ އިތުރަށް، މެންބަރުކަން ގެއްލުވާލުމުގެ ބާރު މަޖިލީހަށް ދީފައިވަނީ މާއްދާގެ ށ. އިންނެވެ.