ސަރުކާރު ޓްރެކުން ކައްސާލާ ނަމަ އެ ވާހަކަ ދައްކަން އިދިކޮޅު ހުރިހާ ޕާޓީއަކަށް އެއް ޕްލެޓްފޯމަކަށް އާދެވޭނެ: ޔާމީން
އަދަދު
20 ސެޕްޓެމްބަރު 2025 | ހޮނިހިރު | 8:03
ސަރުކާރު ހަމައިން ކައްސާލާ ނަމަ އިދިކޮޅު ހުރިހާ ޕާޓީއަކަށް އެ ވާހަކަދައްކަން އެއް ޕްލެޓްފޯމަކަށް އާދެވޭނެ ކަމަށް ކުރީގެ ރައީސް، ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ އޮފީހުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ސަރުކާރުން ކުރާ ގޯސް ކަންކަމުގެ ވާހަކަދައްކަން އިދިކޮޅު އެމްޑީޕީއަށާއި އަދާލަތަށް ވެސް ހިތްވަރު ދެއްވާ ކަމަށެވެ.
"އަޅުގަނޑު ހިތްވަރުދެން އިނގޭތޯ އެމްޑީޕީއަށް ވެސް ދައުލަތުން މި ކުރާ ގޯސް ކަންތައްތަކުގެ ވާހަކަދައްކަން އިނގޭތޯ؟ އެމްޑީޕީން ވެސް ހަމަ ދައުލަތުން ކުރާ ގޯސް ކަންތައްތަކުގެ ވާހަކަދައްކާ، އަދި އަދާލަތުން ވެސް ދައްކާ ދައުލަތުން ހަދާ ގޯސްތަކުގެ ވާހަކަ އިނގޭތޯ؟ ގޯސްތަކުގެ ވާހަކަ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އަޅުގަނޑުމެންނަށް އާދެވޭނެ، އެއީ ހުރިހާ ޕާޓީތަކަކުން ކުރަންޖެހޭ ކަމަކީ އިނގޭތޯ؟" ޔާމީން ވިދާޅުވި އެވެ.