އދ. ގެ އަހަރީ އާންމު ޖަލްސާއަށް ހަލީލް އާއި ތޯރިގު އެމެރިކާއަށް ފުރާވަޑައިގެންފި
އަދަދު
21 ސެޕްޓެމްބަރު 2025 | އާދިއްތަ | 9:37
އދ. ގެ 80 ވަނަ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް އާއި ޓޫރިޒަމް އެންޑް އެންވަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެމެރިކާގެ ނިއުޔޯކަށް މިއަދު ފުރާވަޑައިގެންފި އެވެ.
ނިއުޔޯކަށް ހަލީލް އާއި ތޯރިގް ކުރައްވާ ދަތުރުގައި މަތީފަންތީގެ އެކި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
އޭގެއިތުރުން އަންނަ އަންގާރަ ދުވަހުގައި އދ. ގެ 80 ވަނަ އަހަރީ އާންމު ޖަލްސާގެ ހަވާސާގައި ބާއްވާ ޕެނަލް ޑިސްކަޝަނެއްގައި ހަލީލް އާއި ތޯރިގު ބައިވެރިވެވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.