މާރާމާރީއެއްގައި އަނިޔާވެގެން ފަރުވާ ހޯދަމުންދިޔަ މީހަކު މެޑިކަލް ސްޓާފަށް ބިރު ދައްކައިގެން ހައްޔަރުކޮށްފި
އަދަދު
21 ސެޕްޓެމްބަރު 2025 | އާދިއްތަ | 9:56
މިދިޔަ އާދީއްތަ ދުވަހު ފަތިހުގެ ވަގުތެއްގައި މާލޭގައި ހިންގި މާރާމާރީއެއްގައި އަނިޔާވެގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ މީހަކު ހޮސްޕިޓަލުގެ މެޑިކަލް ސްޓާފުންނަށް ބިރު ދެއްކި މައްސަލައިގައި ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ގދ. ވާދޫ، ފުރުސަތު، ލޫތު އިބްރާހިމް، 28، އަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދޭން ފެށި ދުވަހުގެ މެންދުރު އޭނާއަށް ފަރުވާ ދެމުންދިޔަ މެޑިކަލް ސްޓާފަށް މަރުގެ އިންޒާރު ދީ، ބިރުދައްކާފައިވާ ކަމަށެވެ.
އޭގެއިތުރުން ލޫތުގެ ޖީބުން ވަޅިއެއް ވެސް ފެނިފައިވުމާއެކު މިދިޔަ ހުކުރު ދުވަހު ކޯޓު އަމަރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.