މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުގެ ހަރަދު ވެސް ސަރުކާރުން ހާމަނުކުރި
އަދަދު
21 ސެޕްޓެމްބަރު 2025 | އާދިއްތަ | 11:43
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުހައްމަދު މުއިއްޒު އެ ގައުމަށް ކުރެއްވި ދަތުރުގެ ހަރަދު ރައީސް އޮފީހުން ހާމަނުކޮށް ސިއްރުކޮށްފި އެވެ.
މުއިއްޒު ޗައިނާއަށް ވަޑައިގެންނެވީ އޮގަސްޓު 30، އިން ސެޕްޓެމްބަރު 4، އަށެވެ. 15 ދުވަސް ތެރޭ ހާމަކުރަން މި ސަރުކާރުން ވައުދުވެފައިވާ ތަފުސީލުތައް މިހާތަނަށް ހާމަނުކުރާއިރު، ޗައިނާއިން ވަޑައިގެންނެވިތާ މިއަދަށް 17 ދުވަސް ވާނެ އެވެ.
ހާމަކަން ބޮޑު ސަރުކާރެއް ގާއިމުކުރައްވާނެ ކަމަށް ވިދާޅުވެ، ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތަކުގެ ތަފުސީލު ސަރުކާރުން ހާމަ ކުރަން ފެށީ މުއިއްޒުގެ އިސްނެންގެވުމަށެވެ. ދަތުރުތަކުގެ ހަރަދު އިސްވެ ރައީސް އޮފީހުން ހާމަކުރާނެ ކަމަށް މުއިއްޒު ވިދާޅުވީ ޑިސެމްބަރު 2، 2023 ގަ އެވެ.