ލަންކާގައި ހުއްދައާ ހިލާފަށް ހިންގާ ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ގަބޫލުނުކުރާނަން: އެމްކިއުއޭ

އަދަދު

21 ސެޕްޓެމްބަރު 2025 | އާދިއްތަ | 1:36

ސްރީލަންކާގައި އެހެން ގައުމުތަކާ ގުޅިގެން ހުއްދަ ދީފައިވާ މިންގަނޑާއި ހިލާފަށް ހިންގާ ޕްރޮގްރާމުތަކުގެ ސެޓިފިކެޓް ގަބޫލު ނުކުރާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން މިއަދު ބުނެފި އެވެ.

އެމްކިއުއޭއިން ބުނީ ސްރީލަންކާގެ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަ ދޭ މިންގަނޑާއި ހިލާފަށް އެ މިންގަނޑުން ބޭރުން ބައެއް މަރުކަޒުތަކުން ޕްރޮގްރާމް ހިންގާކަމާއި، އެގޮތުން ހުއްދަ ދީފައިވާ މިންގަނޑާއި ހިލާފަށް އެތަންތަނުން ހިންގާ ހަޔާ ޑިޕްލޮމާއިން މަތީގެ ޓާޝަރީ ޕްރޮގްރާމްތައް އެހެން ގައުމުތަކާ ގުޅިގެން ހިންގާކަން ވަނީ ފާހަގަކުރެވިފައިވާ ކަމަށެވެ.

ނަމަވެސް އެމްކިއުއޭއިން ބުނީ އެހެން ގައުމުތަކާ ގުޅިގެން އެ ޕްރޮގްރާމްތައް ހިންގުމަށް ހުއްދަ ދީފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ދަރިވަރުން ކިޔަވަން ދިއުމުގެ ކުރިން އެމްކިއުއޭ އިން ދޫކުރާ "އިންޓެންޑެޑް" ލިޔުން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމްކިއުއޭއިން ބުންޏެވެ.

މައުޟޫޢުތަށް