ކައުންސިލްތައް އަޅަން އާރުސީސީއަށް ދިން 631 މިލިއަން ރުފިޔާގެ ޕްރޮޖެކްޓުގެ މައްސަލަ އޭސީސީން ބަލަން ފަށައިފި
އަދަދު
21 ސެޕްޓެމްބަރު 2025 | އާދިއްތަ | 12:45
ކައުންސިލް އިމާރާތްތަކެއް އަޅަން މެލޭޝިއާގެ ކުންފުންޏަކާއެކު ވީ އެއްބަސްވުން ބާތިލުކުރުމަށް ފަހު، އާންމުކޮށް އިއުލާނު ނުކޮށް އެ މަޝްރޫއު ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ އާރުސީސީއާ 631 މިލިއަން ރުފިޔާއަށް ހަވާލުކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަަލަން ފަށައިފި އެވެ.
އޭސީސީން ބުނީ ކައުންސިލްތައް އަޅަން އާރްސީސީއާ ހަވާލުކުރި މައްސަލަ އެ ކޮމިޝަނުން ބަލަމުންދާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ބަލަމުންދަނީ އެ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ކަމެއް ނުވަތަ މީހަކު ހުށަހަޅައިގެން ކަމެއް ސާފުކޮށްދީފައެއް ނުވެ އެވެ.
މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް އިން ކޮންސްޓްރެކްޓާ ފައިނޭންސިންގެ އުސޫލުން 55 ރަށެއްގައި ކައުންސިލު އޮފީސް އިމާރާތްތައް އަޅަން ސޮއިކުރީ، މި އަހަރުގެ ޖެނުއަރީ 20، ގަ އެވެ. އެ އެއްބަސްވުން ފަހުން ބާތިލުކުރީ ކުންފުނިން ހަބަރެއް ނުވެގެންނެވެ.