އައިލެންޑް އޭވިއޭޝަނުން ވަގަށް މަތިންދާބޯޓެއް ވިއްކާލި މައްސަލަ އޭސީސީ އިން ބަލަނީ
އަދަދު
21 ސެޕްޓެމްބަރު 2025 | އާދިއްތަ | 1:41
އިއުލާނު ނުކޮށް އަދި ބިޑިން ޕްރޮސެސް ނުހިންގައި އައިލެންޑް އޭވިއޭޝަނުން ވަގަށް މަތިންދާބޯޓެއް ވިއްްކާލި މައްސަލަ ބަލަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަން ފަށައިފި އެވެ.
އެ މައްސަލަ ބަލަމުންދާކަން އޭސީސީގެ އޮފިޝަލަކު މި ނޫހަށް ޔަގީންކޮށްދިނެވެ. ނަމަވެސް އެ މައްސަލަ ބަލަން ފެށި ތާރީހެއް އަދި މިހާރު މައްސަލަ ގޮސްފައިވާ ހިސާބެއް އެ އޮފީހަކުން ނުބުނެ އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން އިއުލާނު ނުކޮށް ވިއްކާލީ DHC-8 MSN 591 ނަންބަރު މަތިންދާބޯޓެވެ. އެ ބޯޓު ވިއްކާލީ 3.7 މިލިއަން ޑޮލަރަށެވެ.