ސަރުކާރު ޖަވާބުދާރީ ކުރުވަން އެހެން ޕާޓީތަކާއެކު މަސައްކަތް ކުރެވޭނެ: އަދާލަތު

އަދަދު

21 ސެޕްޓެމްބަރު 2025 | އާދިއްތަ | 1:38

ސަރުކާރު ޖަވާބުދާރީ ކުރުވަން އެހެން ސިޔާސީ ޕާޓީތަކާއެކު މަސައްކަތް ކުރެވޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އިމްރާން އެކްސް ގައި ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި ޕީއެންއެފްގެ އިތުރުން އެހެން ޕާޓީތަކާއެކު އަދާލަތަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.

"ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޕީއެންއެފް އާއި އެމްޑީޕީ އަދި އެހެން ސިޔާސީ ޕާޓީ ތަކާއެކު އަދާލަތު ޕާޓީ އަށް މަސައްކަތް ކުރެވޭނެ. ސަރުކާރު ޖަވާބުދާރީ ކުރުވަން އެއް ޕްލެޓްފޯމަކަށް އައުމުގެ މާނައަކީ ހުރިހާ ޕާޓީއެއްގެ ފަލްސަފާ އާއި ގަބޫލު ކުރާ ހަމަތައް އެކައްޗަކަށްވުން ނޫން ކަން އަޅުގަނޑުމެން ވެސް ގަބޫލޫކުރަން،" އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް