ސިނާނުގެ ލޯނު ދައްކަން ފައިސާ ހޯދި ގޮތް ފައިނޭންޝަލް އިންޓެލިޖެންސުން ތަހުގީގު ކުރި

އަދަދު

21 ސެޕްޓެމްބަރު 2025 | އާދިއްތަ | 3:15

ހުކުމާ އެއްގޮތަށް ސާބިތު ދަރަންޏެއް ނުދައްކާތީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައި އޮއްވައި، އެ ދަރަނި ދެއްކުމަށް ފައިސާ ހޯދި ގޮތް މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ތަހުގީގު ކުރިކަން ހާމަވެއްޖެ އެވެ.

ފެބްރުއަރީ 20، ގައި އެފްއައިޔޫއިން ތައްޔާރުކުރި ސަސްޕީޝަސް ޓްރާންސެކްޝަން ރިޕޯޓް (އެސްޓީއާރު) އެއް ސޯޝަލް މީޑިއާގައި ވަނީ ލީކުކޮށްލާފަ އެވެ. މި ރިޕޯޓަކީ ސައްހަ ރިޕޯޓެއްކަން އަދަދު ނޫހަށް ވަނީ ކަށަވަރު ކުރެވިފަ އެވެ. ސިނާނުގެ ފަރާތުން ބޭންކަށް ފައިސާ ދެއްކިތާ ހަފްތާއެއްފަހުން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

އެ ރިޕޯޓުގައިވާ ގޮތުން ފެބްރުއަރީ 13، 2025، ގައި އިސްލާމިކް ބޭންކުގައި ސިނާނު އާއި އަހްމަދު ވަހީދުގެ ނަމުގައި ހުޅުވާފައިވާ ޖޮއިންޓް އެކައުންޓަށް ނަގުދު 1،749،600ރ. ޖަމާކުރުމަށް ދިޔައީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ފުރުއްވި މުހުތާޒު އެވެ. އެ ފައިސާ ބޭނުންކުރީ ބޭންކަށް އޮތް ދަރަނި ހަލާސް ކުރުމަށް ކަމަށް ރިޕޯޓުން އެނގެ އެވެ.

މައުޟޫޢުތަށް