ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ފިނޭންސްގައި ނެތް ކަމަށް ބުނެ ދޮގު ހަދައިފި
އަދަދު
22 ސެޕްޓެމްބަރު 2025 | ހޯމަ | 1:53
ދައުލަތުގެ މަގާމުތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން ސިޔާސީ ގޮތުން އައްޔަންކޮށްފައިވާ މުވައްޒަފުންގެ ލިޔެކިޔުން ވަކިން ބަލަހައްޓަމުން ނުދާތީ ސިޔާސީ މުވައްޒަފުންގެ އަދަދު ނޭނގޭ ކަމަށް ބުނެ ފިނޭންސް މިނިސްޓްރީން އިންފޮމޭޝަން ކޮމިޝަން (އައިކޮމް) ގެ އަޑުއެހުމުގައި ދޮގު ހަދައިފި އެވެ.
އައިކޮމްއަށް މި މައްސަލަ ހުށަހެޅި އައިކު އަހްމަދު އީސާ އެވެ. އޭނާ ފިނޭންސްގައި އެދުނީ މާޗު 13، 2025 އާ ހަމައަށް ދައުލަތުން މުސާރައަށް ކޮށްފައިވާ ހަރަދުގެ ތެރެއިން ސިޔާސީ މުވައްޒަފުންނަށް ކުރާ ހަރަދު ހޯދުމަށެވެ. އެގޮތުން، މުވައްޒަފުންގެ އަދަދާއި މުސާރަ އާއި އިނާޔަތްތަކަށް ކޮށްފައިވާ ހޭދަ ހޯދުމަށް އައިކު އެދިފައިވެ އެވެ.
އެ މައުލޫމާތު ފިނޭންސުން ނުދިނުމުން އައިކޮމްއިން ބެލި މައްސަލައިގެ އަޑުއެހުމުގައި ފިނޭންސްގެ ފަރާތުން ބައިވެރިވީ އެ މިނިސްޓްރީގެ ލީގަލް އޮފިސަރެވެ. އޭނާ އެ އަޑުއެހުމުގައި ދެއްކި ވާހަކަތަކަށް ބަލާއިރު ފިނޭންސުން އަދިވެސް އެ މައުލޫމާތު ހާމަކުރަން ދެކޮޅު ހަދާކަން އެނގެ އެވެ.