އދ. ގެ ފާސް ހޯދުމާއި ގުޅިގެން ނަޝީދާ މެދު ކަންކުރިގޮތުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް

އަދަދު

23 ސެޕްޓެމްބަރު 2025 | އަންގާރަ | 12:25

ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒަށް ވަނުމަށް ބޭނުންވާ ފާސް ހޯދުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތުމުން އެ ފާހާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އިންކާރުކުރުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެއްޖެ އެވެ.

މި ވަގުތު އދ. ގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ނަޝީދު ގޮސް ހުންނެވި ނިއުޔޯކުގަ އެވެ. އެހެން ހައިސިއްޔަތަކުން އދ. އަށް ވަނުމާއި ޖަލްސާގައި ބައިވެރުމަށް ހުރަހެއް ނެތަސް ސަރުކާރުން ފާސް ހޯދައިދޭން އިންކާރުކުރި ކަމަށް ބުނެ ނަޝީދުގެ އޮފީހުން ސިޓީ ނެރުނީ އިއްޔެ އެވެ.

މިއާއެކު ގިނަ ބަޔަކު ވަނީ ސަރުކާރަށާއި ރައީސް މުހައްމަދު މުއިއްޒު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލަށް ފާޑުކިޔާފަ އެވެ. މިކަމާއި ގުޅިގެން އަދަދު ނޫހުން ރޭ ލިޔުނު ހަބަރާއި ނަޝީދުގެ އޮފީހުން ނެރުނު ބަޔާން އާންމުކޮށް ކުރި ޕޯސްޓަށް ވެސް ގިނަ ބަޔަކު ވަނީ ފާޑުކިޔުމުގެ ރިޕްލައިތައް ކޮށްފަ އެވެ.

މައުޟޫޢުތަށް