ކަފިހި ހުރަސް ބޭނުން ކުރި މީހެއްގެ ގައިގައި ކާރަކުން ޖެހި ފައި ބިނދުމުން ވެސް ވެހިކަލް މަޑުނުކޮށް ދިޔަ މައްސަލައެއް
އަދަދު
23 ސެޕްޓެމްބަރު 2025 | އަންގާރަ | 11:02
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަފިހިހުރަހަކުން މަގު ހުރަސްކުރަމުންދިޔަ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓުވުމުން ވެސް ކާރު މަޑުނުކޮށް ދިޔަ މައްސަލައެއްގައި ޑްރައިވަރު ހައްޔަރުކޮށްފި އެވެ.
މަގު ހުރަސް ކުރި މީހާގެ ގައިގައި ކާރުން ޖެހުމުން އޭނާގެ ފައި، ކަށިމައްދާ ދިމާލުން ވަނީ ބިނދިފަ އެވެ. އެ މީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ. އެއީ ދިވެހި ފިރިހެނެކެވެ.
އާދިއްތަ ދުވަހުގެ ރޭ 9:30 ހާއިރު ހިނގި އެ އެކްސިޑެންޓުގައި ކާރު ދުއްވަން އިނީ ޏ. ފުވައްމުލައް، ދަޑިމަގު، ނައިސް، ހާލިދު އަބްދުﷲ އަލީ، 57، އެވެ.