ކުންފުނިތަކާއި މުއައްސަސާތަކުގެ ވެރިންގެ މާލީ ބަޔާން އާންމުކުރަން ގާނޫނު ބަދަލުކުރަން ކުޑޫގެ ހުށަހެޅުމެއް
އަދަދު
23 ސެޕްޓެމްބަރު 2025 | އަންގާރަ | 11:44
ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިން ވެސް މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް އުސޫލުތައް އިތުރަށް ހަރުދަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް މިފަހުން އާންމުކުރުމުން އާންމުންގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވި އެވެ. ވަކިން ހާއްސަކޮށް އެ ބަޔާންތަކުގައި މެންބަރުންގެ ހަގީގީ އާމްދަނީ ފެންނާން ނެތް ކަމަށް އާންމުން ދެކެ އެވެ.
ކުޑޫގެ ހުށަހެޅުމަކީ މެންބަރުކަމުގެ ދައުރު ފަށާއިރު، އެ މީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި، ފައިސާ އާއި، ވިޔަފާރީގެ މަސްލަހަތުތަކާއި، އަރަންޏާއި ދަރަނި ހާމަކުރުމުގެ ގޮތުން، މަގާމުގެ ހުވާކުރި ދުވަހުގެ ހާލަތު އަންގައިދޭ ބަޔާނެއް، އެ މެންބަރަކު ހުވާކުރާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރެއިން އަމީންއާންމާ ހިއްސާކުރުމެވެ.