ނޫސްވެރިންނަށް ފުލުހުން އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ
އަދަދު
23 ސެޕްޓެމްބަރު 2025 | އަންގާރަ | 11:45
މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ފަރުމާކޮށްފައި އޮތް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓް ރެގިއުލޭޝަން ބިލް" ސެޕްޓެމްބަރު 16، ގައި ފާސްކުރިއިރު މަޖިލިސް ކައިރިއަށް އެއްވި ނޫސްވެރިންނާއި އާންމުންނަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބަލަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފި އެވެ.
އަދަދު އިން ކުރި ސުވާލަކަށް ޖަވާބުދެމުން އެޗްއާރްސީއެމް އިން ބުނީ މުޒާހަރާގައި ކަންކަން ހިނގައިދިޔަ ގޮތުމުގެ މައުލޫމާތު އެއްކޮށް، ތަހުގީގު ކުރުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުންދާ ކަމަށެވެ.
"އިހުތިޖާޖުގެ ތަރެއިން ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރިކަމަށް ބުނާ މައްސަލަ ކޮމިޝަނުން ބަލާ ތަހްގީގް ކުރަމުން. ކޮމިޝަނުގެ އެންޓިޓޯޗާ ސެކްޝަންއިން އިހުތިޖާޖާއި ގުޅޭ ކޭސްތައް ބަލަމުންދާކަން ފާހަގަކުރަން،" އެޗްއާރްސީއެމް އިން ބުންޏެވެ.