ސިޔާސީ މުވައްޒަފުންނަށް ކުރާ ހަރަދު ނޭނގޭ ކަމަށް ބުނެ ފިނޭންސުން ދޮގުހެދި މައްސަލަ އިދާރާތަކަށް ހުށަހަޅާނަން: އައިކް

އަދަދު

23 ސެޕްޓެމްބަރު 2025 | އަންގާރަ | 11:47

ދައުލަތުގެ މަގާމުތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން ސިޔާސީ ގޮތުން އައްޔަންކޮށްފައިވާ މުވައްޒަފުންގެ ލިޔެކިޔުން ވަކިން ބަލަހައްޓަމުން ނުދާތީ ސިޔާސީ މުވައްޒަފުންގެ އަދަދު ނޭނގޭ ކަމަށް ބުނެ ފިނޭންސް މިނިސްޓްރީން އިންފޮމޭޝަން ކޮމިޝަން (އައިކޮމް) ގެ އަޑުއެހުމުގައި ދޮގު ހެދި މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހަޅާނެ ކަމަށް ގާނޫނީ ވަކީލު އައިކް އަހުމަދު އީސާ ވިދާޅުވެއްޖެ އެވެ.

އައިކޮމްއަށް މި މައްސަލަ ހުށަހެޅި އައިކު އަހްމަދު އީސާ އެވެ. އޭނާ ފިނޭންސްގައި އެދުނީ މާޗު 13، 2025 އާ ހަމައަށް ދައުލަތުން މުސާރައަށް ކޮށްފައިވާ ހަރަދުގެ ތެރެއިން ސިޔާސީ މުވައްޒަފުންނަށް ކުރާ ހަރަދު ހޯދުމަށެވެ. އެގޮތުން، މުވައްޒަފުންގެ އަދަދާއި މުސާރަ އާއި އިނާޔަތްތަކަށް ކޮށްފައިވާ ހޭދަ ހޯދުމަށް އައިކު އެދިފައިވެ އެވެ.

ނަމަވެސް ސިޔާސީ މުވައްޒަފުންނާއި އެހެނިހެން މުވައްޒަފުންގެ މައުލޫމާތު ވަކިން ބަލަހައްޓަމުން ނުދާ ކަމަށް ބުނެ ފިނޭންސް މިނިސްޓްރީން ވަނީ އައިކޮމްގެ އަޑު އެހުމުގައި ދޮގު ހަދައިފަ އެވެ.

މައުޟޫޢުތަށް