މީޑިއާތައް ސެލްފް ރެގިއުލޭޓު ކުރުމަށް އެމްޖޭއޭއިން އުފައްދާ ކައުންސިލްގެ އޮނިގަނޑަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އަދަދު

23 ސެޕްޓެމްބަރު 2025 | އަންގާރަ | 1:16

ދިވެހިރާއްޖޭގެ މިނިވަން މީޑިއާ ނައްތައިލުމަށް މަޖިލީހުން ފާސްކުރި ކޮންޓްރޯލް ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރުމާއެކު މީޑިއާތައް ސެލްފް ރެގިއުލޭޓު ކުރެވޭ ގޮތަށް އޮތް މީޑިއާ ކައުންސިލް އުވިގެން ދިޔުމާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އުފައްދާ އާ ކައުންސިލުގެ އޮނިގަނޑަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޖޭއޭއިން އިސްނަގައިގެން ރާއްޖޭގެ މީޑިއާތަކާ ގުޅިގެން ސެލްފް ރެގިއުލޭޓަރީ ކައުންސިލެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން ދަނީ ނޫސްވެރިންގެ ތެރެއިން ހޮވައިލެވުނު ފްރީ ޕްރެސް ކައުންސިލް ކޮމިޓީންނެވެ. އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ބާއްވައި ޕްރެސް ކައުންސިލުގެ އޮނިގަނޑެއް އިއްޔެ ފާސްކުރި އެވެ. އެ އޮނިގަނޑަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އެ ކޮމިޓީގެ ޗެއާއަކަށް ހަމަޖައްސާފައި ވަނީ ތަޖުރިބާކާރު ނޫސްވެރިޔާ އަހުމަދު ޒާހިރު (ހިރިގާ) އެވެ. އެ ކޮމިޓީގެ ކޯ ޗެއާއަކަށް ހަމައްސާފައި ވަނީ އެމްޖޭއޭގެ އެގްޒެކެޓިވް ޑިރެކްޓަރު، މުހައްމަދު ޖުނައިދު ސަލީމް އެވެ. އެ ކޮމިޓީން ފާސްކުރި އޮނިގަނޑަށް ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު 30، ގެ ހަވީރު 4:00 އެވެ. އޮނިގަނޑަށް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެމްޖޭއޭގެ އީމެއިލް [email protected] އަށް މެއިލް ކުރުމަށް އެމްޖޭއޭއިން އެދިފައިވެ އެވެ.

މައުޟޫޢުތަށް