ނަޝީދަށް ފާސް ނުދިނީ ރަސްމީކޮށް ނޭދޭތީ ކަމަށް ސަރުކާރުން ބުނެފި

އަދަދު

23 ސެޕްޓެމްބަރު 2025 | އަންގާރަ | 3:46

އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާސް ނުދިނީ ރަސްމީކޮށް އެދިވަޑައިގެންފައި ނުވާތީ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒަށް ވަދެވަޑައިގަތުމަށް ނަޝީދަށް ފާސް ހޯދުމަށް އެމަނިކުފާނުގެ އޮފީހުން އެ މިނިސްޓްރީގައި ރަސްމީކޮށް އެދިފައި ނުވާ ކަމަށެވެ.

ފޮރިން މިނިސްޓްރީން މިހެން ބުނީ އދ. ގެ މައި މަރުކަޒަށް ވަނުމަށް ބޭނުންވާ ފާސް ހޯދުމަށް ނަޝީދު އެދިވަޑައިގަތުމުން އެ އިންތިޒާމު ހަމަޖައްސައިދީފައި ނުވާ ކަމަށް ބުނެ އެމަނިކުފާނުގެ އޮފީހުން އިއްޔެ ބަޔާނެއް ނެރެފައި ވަނިކޮށެވެ.

މައުޟޫޢުތަށް