ކަނޑަށް ބޭރުވެފައިވާ ތެޔޮތަކެއް ފުލިދޫއަށް ލައްވާތީ ކަންބޮޑުވުން
އަދަދު
24 ސެޕްޓެމްބަރު 2025 | ބުދަ | 1:26
ކަނޑަށް ބޭރުވެފައިވާ ތެޔޮތަކެއް ވ. ފުލިދޫގެ ގޮނޑުދޮށަށް ލައްވާން ފަށައިފި އެވެ.
އެ އަތޮޅު ކައުންސިލުގެ ރައީސް، ސުޖާއު އަލީ ވިދާޅުވީ އެ ތެލަކީ އެ ސަރަހައްދުން ދަތުރުކޮށްފައި ދިޔަ ބޯޓަކުން ކަނޑަށް ބޭރުވެފައިވާ ތެޔޮ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. ތެޔޮތައް މުޅި އެ ސަރަހައްދުގެ ކަނޑުއޮޅިއަށް ވެސް ފެތިރިފައިވާ ކަމަށް ސުޖާއު ވިދާޅުވި އެވެ.
"މި ސަރަހައްދުން ދިޔަ ބޯޓަކުން އަޅާލާފައިވާ ތެޔޮތަކެއް ކަމަށް ބޮޑަށް ބެލެވެނީ، ވަރަށް ބައިވަރު ތެޔޮ އެއީ، މުޅި ކަނޑިއޮޅިއަށް ވެސް ފެތުރިފައި އޮތީ، މިހާރު ރަށުގެ ގޮނޑުދޮށަށް ލައްވަމުން އެ ދަނީ،" ސުޖާއު ވިދާޅުވި އެވެ.