ހަވާލު ކުރިތާ ފަސް މަސްދުވަސް ފަހުން ވިލުފުށީގައި އިމާރާތް ކުރާ ހޮސްޕިޓަލުގެ ބިންގާ އަޅައިފި
އަދަދު
24 ސެޕްޓެމްބަރު 2025 | ބުދަ | 2:42
ތ. ވިލުފުށީގައި އިމާރާތް ކުރާ 30 އެނދުގެ ހޮސްޕިޓަލް އިމާރާތުގެ ބިންގާ އަޅައިފި އެވެ.
ވިލުފުށީގައި ހޮސްޕިޓަލެއް އެޅުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ މިދިޔަ މާޗު 12 ގަ އެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 105.1 މިލިއަން ރުފިޔާ އަށެވެ.
އޭގެ ފަސް މަސްދުވަސް ފަހުން އެ ހޮސްޕިޓަލުގެ ބިންގާ އެޅީ މިއަދު ހެނދުނު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަށުގައި އިމާރާތް ކުރާ ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު، އަބްދުالله ނާޒިމް އެވެ.