ހިތުގެ ފަރުވާއަކަށް ގާސިމް އައިޖީއެމްއެޗްގައި އެޑްމިޓުކޮށްފި
އަދަދު
24 ސެޕްޓެމްބަރު 2025 | ބުދަ | 6:44
މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، ހިތުގެ ފަރުވާއަކަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އެޑްމިޓުކޮށްފި އެވެ.
ގާސިމްގެ އާއިލާ ބޭފުލަކު އަދަދު ނޫހަށް މިއަދު ވިދާޅުވީ އޭނާ ހޮސްޕިޓަލުގައި އެޑްމިޓުކުރީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
އދ. އަތޮޅު ސަން އައިލެންޑު ރިސޯޓުގައި ހުންނަވަނިކޮށް ހިތުގެ އާލާސްކަންފުޅު ގޯސްވާހެން އިހުސާސްވެވަޑައިގެން ގާސިމް މާލެ ވަޑައިގަތީ ލޯންޗުގަ އެވެ.