ހުލާސާކޮށް އިއްޔެ: ބޮޑެތި ކުންފުނިތަކަށް ދޭ ޑޮލަރު ސަޕޯޓު ވަރަށް ކުޑަ!
އަދަދު
25 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 6:54
ބާޒާރުގައި މުދަލުގެ އަގު އުފުލެމުން ދާއިރު، ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ ބޮޑެތި ކުންފުނިތަކަށް ދޭ ޑޮލަރު ސަޕޯޓު ވަރަށް ކުޑަ ކަމަށް ބައެއް ކުންފުނިތަކުން ބުނެފި ވާހަކަ އިއްޔެ ރިޕޯޓުކުރި އެވެ.
ބެންކް އޮފް މޯލްޑިވްސް އިން 30 ޕަސަންޓާ ހަމައަށް ޑޮލަރު ސަޕޯޓް ދެނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަމަށް އެ ބޭންކު ބުނެފައިވެ އެވެ. ކުޑަ އަދަދުގެ އޯޑަރުތަކަށް އަގުގެ 50 ޕަސެންޓާ ހަމައަށް ވެސް ޑޮލަރު ސަޕޯޓު ދޭ ކަމަށް ބޭންކުން ބުނެފައިވެ އެވެ.
ނަމަވެސް، ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި 50 ޕަސެންޓާ ހަމައަށް ޑޮލަރު ސަޕޯޓު ދެނީ 2500 ޑޮލަރުގެ އޯޑަރުތަކަށެވެ. 30 ޕަސެންޓު ވެސް އާންމުކޮށް ލިބެނީ 10،000 ޑޮލަރުގެ އޯޑަރު ތަކަށް ކަމަށް ބައެއް ވިޔަފާރި ވެރިން ބުންޏެވެ.