އެމްޑީޕީން އީޔޫގެ ޑިޕްލޮމެޓުންނާ ބައްދަލުކޮށް ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފި
އަދަދު
25 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 6:17
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ އިސްވެރިންނާއި އެ ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މެންބަރުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އޮފިޝަލުންނާއި ބައްދަލުކޮށް ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފި އެވެ.
މި ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ އިތުރުން އެ ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މެންބަރު ހުސެއިން ޝަހީމް އެވެ. މި ބައްދަލުވުން ކުރިއަށް ދިޔައީ ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގަ އެވެ.
ބައްދަލުވުމުގައި ކޮލަމްބޯގައި ތިއްބަވާ އީޔޫ ގައުމުތަކުގެ ސަފީރުންނާއި އީޔޫގެ ސަރަހައްދީ އިސް އޮފިޝަލުން ބައިވެރިވި އެވެ.