އދ. ގެ އަހަރީ އާންމު ޖަލްސާއަށް ވަޑައިނުގަތުމަށް މުއިއްޒު ނިންމެވި ސަބަބު ހާމައެއް ނުކުރި
އަދަދު
26 ސެޕްޓެމްބަރު 2025 | ހުކުރު | 1:09
އދ. ގެ 80 ވަނަ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިނުގަތުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމެވި ސަބަބު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައިފި އެވެ.
އެމެރިކާގެ ނިއު ޔޯކުގައި ކޮންމެ އަހަރަކު ކުރިއަށް ގެންދާ އދ. ގެ އަހަރީ އާންމު ޖަލްސާއަށް ދިވެހި ސަރުކާރުގެ ފަރާތުން މިދިޔަ އަހަރު ވަޑައިގެންނެވީ މުއިއްޒެވެ. އެމަނިކުފާނުގެ ބަދަލުގައި މި އަހަރު ވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް އާއި ޓޫރިޒަމް އެންޑް އެންވަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ.
އދ. އިން ދިވެހި ސަރުކާރާ މެދު ކަންބޮޑުވުންތަކެއް ފާޅުކުރަމުންދާ މި ދުވަސްވަރު، އަހަރީ އާންމު ޖަލްސާއަށް ވަޑައިނުގަތުމަށް ނިންމެވި ސަބަބު ސާފުކުރުމަށް މި ނޫހުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލަށް ގުޅުމުން ދެއްވީ ނުސީދާ ޖަވާބެކެވެ. ސީދާ ސަބަބެއް ވިދާޅެއް ނުވެ އެވެ.