ފިލިޕިންސްގައި ކިޔަވަމުންދިޔަ ދިވެހި ދަރިވަރަކު މަރުވެފައި އޮއްވައި ފެނިއްޖެ
އަދަދު
26 ސެޕްޓެމްބަރު 2025 | ހުކުރު | 8:24
ފިލިޕިންސްގައި ޑޮކްޓަރުކަން ކިޔަވައި ނިންމުމަށްފަހު އެނބުރި ރާއްޖެ އަންނަން އުޅުނު ދިވެހި ދަރިވަރަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ފިލިޕިންސްގައި މަރުވެފައި އޮއްވައި ފެނުނީ ނ. ހޮޅުދޫ، މުހައްމަދު ހުމައިދު އަހުމަދު، 30، އެވެ.
ހުމައިދު އިއްޔެ ފިލިޕިންސް އިން އެނބުރި ރާއްޖެ އަންނަން ޓިކެޓު ނަގާފައި ކަމަށާއި އެކަމަކު އިއްޔެގެ ފްލައިޓުން ރާއްޖެ އައިސްފައި ނުވާތީ އޭނާ ދިރިއުޅޭ ގެ ބެލިއިރު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.