ފެނަކަ ކޮރަޕްޝަން: އުސޫލާ ހިލާފަށް 10 އެއްބަސްވުމެއް ހެދި ކުންފުންޏަކުން ސޯލިހުގެ ކެމްޕޭނަށް 2 މިލިއަން ރުފިޔާ!
އަދަދު
27 ސެޕްޓެމްބަރު 2025 | ހޮނިހިރު | 2:38
ފެނަކަ ކޯޕަރޭޝަނުން އުސޫލާއި ހިލާފަށް 10 އެއްބަސްވުމެއް ހަދާފައިވާ ކުންފުންޏަކުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭން އެކައުންޓަށް ދެ މިލިއަން ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ އާންމުކުރި ފެނަކައިގެ ހާއްސަ އޮޑިޓުގައި 2021 އިން 2023 އަށް ފެނަކައިން އާންމު ބީލަމުގެ އުސޫލުން ބޭރުން 439 އެއްބަސްވުމެއްގައި ސޮއިކުރި ކަމަށް ބުނެފައިވެ އެވެ. މި އެއްބަސްވުންތަކުގެ އަގު 1.4 ބިލިއަން ރުފިޔާއަށް އަރަ އެވެ.
އޮޑިޓު ރިޕޯޓުގެ އެނެކްސް ގައި އުސޫލާއި ހިލާފަށް އެއްބަސްވުން ހެދި ކުންފުނިތަކާއި، އެ ކުންފުނިތަކާއެކު ހެދި އެއްބަސްވުންތަކުގެ އަދަދު އަދި އެ އެއްބަސްވުންތަކުގެ ޖުމްލަ އަގު ހިމަނާފައިވެ އެވެ. ސޯލިހުގެ ކެމްޕޭން އެކައުންޓަށް ފައިސާ ޖަމާކޮށްފައިވަނީ ލިސްޓުގެ ތިންވަނައިގައި އޮތް އަޒްރޯވާ ކުންފުނިންނެވެ.