ހުޅުމާލޭ އޯސީސީ ފިހާރައިގެ ސޭޓަށް ތޫނު އެއްޗަކުން ހަމަލާ ދީފި

އަދަދު

27 ސެޕްޓެމްބަރު 2025 | ހޮނިހިރު | 2:36

ހުޅުމާލޭގައި ހުންނަ އޯސީސީ ފިހާރައިގެ ސޭޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލައިފި އެވެ.

ހުޅުމާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމުކޮށްލާފައިވާކަން ފުލުހުން ވެސް ކަށަވަރު ކޮށްދިނެވެ. އެ އިދާރާގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލޭގައި ތޫނު އެއްޗަކުން މީހަކު ޒަހަމު ކޮށްލާފައިވާ ކަމަށާއި އެ މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.

"ހުޅުމާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމު ކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ، އެ މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މައުޟޫޢުތަށް