އޯސީސީގައި ހިންގި މާރާމާރީއާ ގުޅިގެން ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި
އަދަދު
27 ސެޕްޓެމްބަރު 2025 | ހޮނިހިރު | 8:33
ހުޅުމާލޭގައި ހުންނަ އޯސީސީ ފިހާރައިގެ ސޭޓަށް މިއަދު ތޫނު އެއްޗަކުން މައްސަލަ ދިން ހާދިސާއާ ގުޅިގެން ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ހަމަލާ ދިނީ އެ އަންހެން މީހާގެ ކަރަށެވެ. ނަމަވެސް ފަރުވާ ދިނުމަށްފަހު މިހާރު އެ އަންހެން މީހާ ދޫކޮށްލާފައިވާ ކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ބަންގްލްދޭޝްއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ޖަހަންގިރް މިއާ ކިޔާ މީހެކެވެ. އޭނާ ހައްޔަރު ކުރީ ސީސީޓީވީ ފުޓޭޖުންނާއި އެހެނިހެން ގޮތްގޮތުން ހޯދި މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް ފުލުހުން ބުންޏެވެ.