ތެލެސީމިއާ އެލަވަންސާއި ބޮޑުކުރަން ބުނި އެކަނިވެރި މައިންގެ އެލަވަންސް ދޭނެ ދުވަހެއް ނުބުނި

އަދަދު

28 ސެޕްޓެމްބަރު 2025 | އާދިއްތަ | 12:26

ތެލެސީމިއާ ހުންނަ ކުދިންނަށް ސަރުކާރުން މި އަހަރު ދޭން ފަށާނެ ކަމަށް ބުނި އެލަވަންސާއި އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް ބޮޑުކުރަން ބުނި ނަމަވެސް، އެ އެލަވަންސްތައް ލިބެން ފަށާނެ ދުވަހެއް ރައީސް އޮފީހުން ނުބުންޏެވެ.

ތެލެސީމިއާ އެލަވަންސް ދޭނެ ދުވަހަކާއި އެކަނިވެރި މައިންނާއި ބަފައިންނަށް ބޮޑުކުރި އެލަަވަންސް ދޭނެ ދުވަހަކާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު، ހީނާ ވަލީދާއި ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލާ ސުވާލުކުރުމުން މިހާތަނަށް އެއްވެސް ޖަވާބެއް ނުދެ އެވެ.

އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކުރިއަށްގެންދާ ރައީސްގެ ޖަވާބު ސީރީޒްގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މުއިއްޒު ވިދާޅުވީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނިފައިވާ ގޮތަށް މި އަހަރުގެ ބަޖެޓުގައި ހިމަނައިގެން ތެލެސީމިއާ ހުންނަ ކުދިންނަށް އެލަވަންސް ދޭން ފަށާނެ ކަމަށެވެ.

މައުޟޫޢުތަށް