މުއިއްޒުގެ އަންޑަގްރައުންޑު ޕާކިން ހަގީގަތަކަށް ނުވި

އަދަދު

30 ސެޕްޓެމްބަރު 2025 | އަންގާރަ | 8:02

ބާ ޖަމާލުއްދީން ސްކޫލް ހުރި ބިމުގައި އަންޑަގްރައުންޑް ޕާކިންއާއެކު މައިޒާނެއް ހެދުމަށް ރައީސް މުހައްމަދު މުއިއްޒު ކަނޑައެޅުއްވި ޕްލޭން ފަނުފުލުން ހިނގެއްޖެ އެވެ.

ބާ ޖަމާލުއްދީން ސްކޫލް ހުރި ބިމުގެ އަޑީގައި ވެހިކަލްތަކަށް ޕާކުކުރެވޭ ގޮތަށް އިމާރާތެއް ހަދައި، އެތަނުގެ މަތީގައި ހިތް ފަސޭހަ މައިޒާނެއް ހެދުމަށް، މުއިއްޒު މެނިފެސްޓޯގައިވެ އެވެ. އެ ޕްލޭން އިފުތިތާހުކުރީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށެވެ.

އެ ޕްލޭން ތަންފީޒުކުރަން މަސައްކަތް ފެށީ މާލޭ ސިޓީ ކައުންސިލްއާ ގުޅިގެންނެވެ. ނަމަވެސް މިހާތަނަށް އެ ތަނުގެ ކުރެހުންތައް ދައްކާލުމާއި އިފުތިތާހުކުރަން އިވެންޓެއް ބޭއްވުން ފިޔަވައި އިތުރު ކަމެއް ނުކުރެ އެވެ.

މައުޟޫޢުތަށް