މިނިވަން ނޫސްވެރިކަން ނެގެހެއްޓުމަށް ކެނެޑާއިން ވެސް ދިވެހި ސަރުކާރަށް ގޮވާލައިފި
އަދަދު
28 ސެޕްޓެމްބަރު 2025 | އާދިއްތަ | 5:08
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ތަންފީޒު ކުރަން ފަށާފައިވާ މީޑިއާ ކޮންޓްރޯލް ގާނޫނާއި ގުޅޭގޮތުން ގައުމުތަކުންނާއި ބޭރުގެ ޖަމާއަތްތަކުން ގޮވާލަމުން ދަނިކޮށް، މިނިވަން ނޫސްވެރިކަން ނެގެހެއްޓުމަށް ކެނެޑާއިން ވެސް ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.
ކެނެޑާއިން މިފަދައިން ގޮވާލީ ސްރީ ލަންކާގައި ހުންނަ ކެނެޑާގެ ހައި ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ. އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ނޮން ރެސިޑެންޝަލް ސަފީރަކީ ސްރީ ލަންކާއަށް ވެސް ކަނޑައަޅާފައި ހުންނަ ސަފީރެވެ.
މީޑިއާ ކޮންޓްރޯލް ގާނޫނާއި އެކު މިނިވަން ނޫސްވެރިކަމަށް ފުރުސަތު ދިނުމުގެ މުހިންމުކޮށް ތަކުރާރުކޮށް ފާހަގަކޮށް ހަނދުމަކޮށްދޭ ކަމަށް ކެނެޑާގެ ހައި ކޮމިޝަނުން ބުނެފައިވެ އެވެ. އަދި ދެ ގައުމުން އެއްބަސްވާ ކޮމަންވެލްތު ޗާޓަރުގައި ހިމެނޭ ހައްގުތައް ނެގެހެއްޓުމަށް ގޮވާލާ ކަމަށް ވެސް ބުނެފައިވެ އެވެ.