ރައީސް އޮފީހުން ނެރޭ ސަރުކާރުގެ ހަބަރު ވެސް ހިމަނައި ކޮންޓްރޯލް ކޮމިޝަނުގެ އިންތިހާބުގައި ވޯޓުލެވޭ މީޑިއާތަކުގެ ލިސްޓު އާންމުކޮށްފި
އަދަދު
28 ސެޕްޓެމްބަރު 2025 | އާދިއްތަ | 10:16
ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކުރާ ސަރުކާރުގެ ހަބަރު ވެސް ހިމެނޭހެން، މިނިވަން ނޫސްވެރިކަމާއި ހިޔާލުގައި ތަޅު އެޅުވޭ ގޮތަށް ހެދި ގާނޫނުގެ މީޑިއާތަށް ކޮންޓްރޯލް ކުރަން އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުން އިންތިހާބުކުރާ އިންތިހާބުގައި ވޯޓުލެވޭ މީޑިއާތަކުގެ ލިސްޓު އާންމުކޮށްފި އެވެ.
މީޑިއާތަކުން ވޯޓުލައިގެން ހޮވަނީ ކޮންޓްރޯލް ކޮމިޝަނުގައި ހިމެނޭ ހަތް މެންބަރުންގެ ތެރެއިން ހަތަރު މެންބަރެކެވެ. އަނެއް ތިން މެންބަރުން އައްޔަންކުރަނީ ރައީސް މުހައްމަދު މުއިއްޒުގެ ފުރިހަމަ ބާރު އޮތް، ރައްޔިތުންގެ މަޖިލީހުންނެވެ.
އިލެކްޝަންސް ކޮމިޝަނުންް ކުރިއަށް ގެންދާ މި އިންތިހާބުގެ ވޯޓުލުން ބާއްވަން ނިންމާފައިވަނީ އޮކްޓޯބަރު 11، ގަ އެވެ. އެ އިންތިހާބަށް ކުރިމަތިލާން ހުޅުވާލާފައިވާއިރު، ވޯޓު ދެވޭ މީޑިއާތަކުގެ ނަންތައް ހާމަކޮށް ޝަކުވަ ހުށަހެޅުމަށް އިލެކްޝަނުން ހުޅުވާލީ މިއަދު އެވެ.