ފަރުވާއަށްފަހު ހާލު ރަނގަޅު ވުމުން ގާސިމް ހޮސްޕިޓަލުން ދޫކޮށްލައިފި

އަދަދު

28 ސެޕްޓެމްބަރު 2025 | އާދިއްތަ | 9:43

މިދިޔަ ހަފުތާގެ ތެރޭ ހިތުގެ ފަރުވާއަކަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އެޑްމިޓުކުރި މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އިބްރާހިމްގެ ހާލު ރަނގަޅު ވުމުން ގެއަށް ދޫކޮށްލައިފި އެވެ.

ގާސިމްގެ އާއިލީ މެންބަރަކު އަދަދު އަށް ވިދާޅުވީ ހާލު ރަނގަޅު ވުމުން އޭނާ މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި ގާސިމް މިހާރު ހުންނެވީ އޭނާގެ ރިސޯޓުތަކުން ކޮންމެ ވެސް އެއް ރިސޯޓެއްގަ އެވެ.

އަންގާރަ ދުވަހު މާލެ ގެނެސް ގާސިމް އެޑްމިޓް ކުރީ އދ. އަތޮޅު ސަން އައިލެންޑު ރިސޯޓުގައި ހުންނަވަނިކޮށް ހިތުގެ އާލާސްކަންފުޅު ގޯސްވާހެން އިހުސާސްވެވަޑައިގެންނެވުމުންނެވެ.

މައުޟޫޢުތަށް