ތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އައިސީޔޫގައި ފަރުވާ ދެނީ
އަދަދު
28 ސެޕްޓެމްބަރު 2025 | އާދިއްތަ | 11:30
ތިނަދޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކަށް އައިސީޔޫ ގައި ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ކާރަކާއި ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓު ރިޕޯޓުކޮށްފައިވަނީ މިރޭ 7:40 ހާއިރު ކަމަށެވެ. އެކްސިޑެންޓު ހިނގީ ތިނަދޫ ގާޒީ މަގާއި ރަންނަބަނޑޭރި މަގު ގުޅޭ ކަންމަތީގަ އެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވި ދެ އަންހެނުންނެވެ. މި ދެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް ފުލުހުން ނުދެ އެވެ.