އާގިލްގެ މަރު: އެކަށީގެންވާ ވަރަށް ހެކި ނެތުމުން މިޖުވާދުގެ މައްޗަށް ވެސް ކުށް ސާބިތު ނުވި
އަދަދު
29 ސެޕްޓެމްބަރު 2025 | ހޯމަ | 11:03
މީގެ ހަ އަހަރު ކުރިން، މާލެ އައި ލޯންޗަކުން އެއް ނަންބަރު ފާލަމަށް ފޭބުމާއެކު އިބްރާހިމް އާގިލް ގަޔަށް ވަޅި ހަރައި މަރާލި މައްސަލާގައި ދައުވާކުރި އަލީ މިޖުވާދު މާލިކުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.
ސ. ހިތަދޫ، ސްވޭހުހީނާގޭ، އަލީ މިޖުވާދު މާލިކުގެ މައްޗައް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.
މިޖުވާދު އަށް ކުރީ އާގިލް އަށް ވަޅިން ހަމަލާދިން ކަމަށް ބުނާ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތު، ހަމަލާދިން ތަނަށް ސައިކަލެއްގައި ގެންދިޔުމާއި ހަމަލާދިނުމަށްފަހު އެ ސަރަހައްދުން ފިލުމަށް އޭނާ ދުއްވަން އިން ސައިކަލުގެ ފަހަތަށް އަރުވައިގެން ދިޔަ ކަމުގެ ތުހުމަތެވެ.