އެޗްއެސްސީ ޕޭޕަރު ލީކެއް ނުވޭ، ކޮންޓެންޓުގައި މައްސަލައެއް ވެސް ނެތް: މިނިސްޓަރު
އަދަދު
29 ސެޕްޓެމްބަރު 2025 | ހޯމަ | 6:20
ހަޔާ ސެކަންޑަރީ ސްކޫލް ސެޓިފިކެޓް (އެޗްއެސްސީ) ގައި މިދިޔަ ހޮނިހިރު ދުވަހު ހެދި އިމްތިހާނުގެ ދިވެހި ޕޭޕަރު ލީކު ނުވާ ކަމަށާއި އެ ޕޭޕަރުގައި ހުރި ކޮންޓެންޓުގައި ވެސް މައްސަލައެއް ނެތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ގްރޭޑް 11 ގެ އޭ ލެވެލްގެ ދިވެހި އިމްތިހާނުގެ ޕޭޕަރާއި ގުޅިގެން ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން ޝަފީއު ވިދާޅުވީ އިމްތިހާނުގެ އެއްވެސް ސުވާލެއް ލީކުވެފައި ނުވާއިރު، އިންޓަގްރިޓީއާމެދު ވެސް ސުވާލު އުފެދޭ ކަމެއް ދިމާ ނުވާ ކަމަށެވެ.
އިމްތިހާނުގައި ހިމެނޭ ދޭހަ 2 އަށް އަބަދުވެސް ކޮންޓެންޓުތައް ނަގަނީ ފޮތްތަކުންކަން ފާހަގަކުރައްވައި ޝަފީއު ވިދާޅުވީ އެ އިމްތިހާނުގައި ވެސް ދޭހައަށް ކޮންޓެންޓު ނެގީ ފޮތަކުންކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.