މުއިއްޒު އަނެއްކާވެސް މަސްވެރިންނާ ބައްދަލު ކުރައްވައި މަސް ގަންނަ އަގު ބޮޑުކޮށްދެއްވާނެ ކަމަށް ވިދާޅުވެއްޖެ
އަދަދު
29 ސެޕްޓެމްބަރު 2025 | ހޯމަ | 10:24
ދޮޅު އަހަރުދުވަހުގެ ތެރޭގައި ތިންވަނަ ފަހަރަށް މަސްވެރިންނާ ބައްދަލު ކުރައްވައި މަސް ގަންނަ އަގު ބޮޑު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މަސްވެރިންގެ ތެރެއިން ބައެއް މީހުންނާއެކު ރައީސް އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުވުމުގައި ބައިވެރިވި މަސްވެރިން އެންމެ ބޮޑަށް ބޭނުންވީ މަސް ގަންނަ އަގު މަސް ކިލޯއެއް ގަންނަ އަގު 20ރ. އަށްވުރެ ބޮޑު ކުރާނެ ތާރީހެއް ސާފު ކުރުމަށެވެ. ނަމަވެސް މިއަދުގެ ބައްދަލުވުމުގައި އެކަން ކޮށްދެއްވާނެ ވަކި ތާރީހެއް މުއިއްޒު ނުދެއްވަ އެވެ.
އެ ކަންބޮޑުވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ މަސް ގަންނަ އަގު ބޮޑު ކުރެވޭނީ މަސް ކުރުވުމަށްފަހު މަސްވެރިންނަށް ދޭންޖެހޭ ފައިސާ 48 ގަޑިއިރު ތެރޭގައި މެދުކެނޑުމެއްނެތި ދެވޭނެކަން ޔަގީންވެ އެގޮތަށް އެކަން ހަމަޖެހުމުން ކަމަށެވެ. ނަމަވެސް މަސް ގަންނަ އަގު ބޮޑު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.