އައްޑޫގައި ވަޅިން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
އަދަދު
30 ސެޕްޓެމްބަރު 2025 | އަންގާރަ | 9:58
އައްޑޫ ސިޓީ ހިތަދޫގައި 34 އަހަރުގެ މީހަކަށް ވަޅިން ހަމަލާދީ، މާރާމާރީ ހިންގި މައްސަލައަގައި ތުހުމަތުކުރެވޭ މީހަކު އާދީއްތަ ދުވަހު ހައްޔަރުކޮށްފި އެވެ.
މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭ ދަންވަރު ހިންގި އެ މަރާމާރީއާ ގުޅިގެން ހައްޔަރުކުރީ ސ. ހިތަދޫ، ސަންރީފް، އަލީ އަސްއަރު، 30، އެވެ.
އަލީ އަސްއަރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.