ފޮނަދޫ ކައުންސިލުގެ އެސްޖީ ވަކިކުރަން ނިންމީ އަދުލުވެރިކޮށެއް ނޫން، ބަދަލުގެ ގޮތުގައި ފަސް ލައްކަ ރުފިޔާ ދޭން އަމުރުކޮށްފި
އަދަދު
30 ސެޕްޓެމްބަރު 2025 | އަންގާރަ | 6:08
ލ. ފޮނަދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މުހައްމަދު ފާއިގު ވަކިކުރަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމީ އަދުލުވެރިކޮށް ނޫން ކަމަށް ކަނޑައަޅައި އޭނާއަށް ބަދަލުގެ ގޮތުގައި ފަސް ލައްކަ ރުފިޔާ ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން އަމުރުކޮށްފި އެވެ.
ސީއެސްސީ އިން ފާއިގު ވަކިކުރަން ނިންމީ އެކަމަށް ފޮނަދޫ ކައުންސިލުން އެދުމުން، އެ މައްސަލަ ބެލުމަށްފަހު އޮގަސްޓު 1، 2026 ގަ އެވެ. ފޮނަދޫ ކައުންސިލްގެ ގެ 19 ވަނަ އާންމު ޖަލްސާގައި ފާއިގު މަގާމުން ވަކިކުރަން ނިންމީ އެސްޖީ މަގާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތު އެކަށީގެންވާ މިންވަރަށް އަދާކުރަމުން ނުގެންދާ ކަމަށް ބުނެ އެވެ.
މިކަމާއި ގުޅިގެން ފާއިގު ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލް އަށް ހުށަހެޅި މައްސަލަ ބަލައި ނިންމީ މިއަދު އެވެ. އެ މައްސަލައިގެ ނިންމުމުގައި ބުނެފައިވަނީ ފާއިގު މަގާމުން ވަކިކުރަން ސީއެސްސީ އިން ނިންމީ ވަޒީފާ އާއި ބެހޭ ގާނޫނުގައި ވަޒީފާއިން ވަކިކުރާއިރު ގާއިމުކުރަން ބުނާ މައުލޫއީ އަދުލުވެރިކަން ގާއިމުކުރުމެއް ނެތި ކަމަށެވެ.