ބުރިޖަށް އަރާއިރު ހުންނަ ޓްރެފިކް ލައިޓުތައް ނުދިއްލޭތީ އެކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެ

އަދަދު

30 ސެޕްޓެމްބަރު 2025 | އަންގާރަ | 8:59

މާލެއިން ސިނަމާލެ ބުރިޖަށް އަރާއިރު އަދި ހުޅުލޭ ކޮޅަށް ފައިބާއިރު ހުންނަ ޓްރެފިކް ލައިޓުތައް ނުދިއްލޭތީ އާންމުން އެކަމަށް ސަމާލުވުމަށް ފުލުހުން އެދެފި އެވެ.

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ ސިނަމާލެ ބުރިޖާއި ގުޅިފައިވާ މަގުތަކާއި ބުރިޖުގެ އަދި ބުރިޖުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާ ދިމާލުގައި ހުންނަ ޓްރެފިކް ލައިޓުތައް މިވަގުތު ނުދިއްލޭ ކަމަށެވެ. މިއީ ޓެކްނިކަލް ކަމެއްގެ ސަބަބުން ދިމާވެފައިވާ މައްސަލައެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިކަމުގެ ސަބަބުން، އަދި މިއަދާއި މިރޭގެ އެކި ވަގުތުތަކުގައި މާލެ ސަރަހައްދަށް ވާރެ ވެހެމުންދާތީ ބުރިޖުން ދަތުރުކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އެދޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މައުޟޫޢުތަށް