ހާއްސަ އޮޑިޓު ރިޕޯޓާއެކު އިސްލާހީ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ފެނަކައިން ބުނެފި
އަދަދު
30 ސެޕްޓެމްބަރު 2025 | އަންގާރަ | 8:50
މިދިޔަ ސަރުކާރުގެ ފަހު ތިން އަހަރު ފެނަކަ ކޯޕަރޭޝަނުގެ ތެރޭގައި ހިންގާފައި ހުރި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން އޮޑިޓު ރިޕޯޓަކުން ހާމަވެފައި ވަނިކޮށް، އެ ކުންފުނީގެ ކަންކަން ރަނގަޅު ކުރުމަށް އިސްލާހީ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ފެނަކައިން ބުނެފި އެވެ.
މިރޭ ނެރުނު ނޫސް ބަޔާނެއްގައި ފެނަކައިން ބުނީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހު ކުރުމަށް ލަސްނުކޮށް އިސްލާހީ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ.
އެގޮތުން، ކުންފުނީގެ ކަންކަން ކުރިއަށްދަނީ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށްކަން ކަށަވަރުކުރުމަށް އިތުރު މޮނިޓަރިން ނިޒާމެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން މިރޭ ބުންޏެވެ.